އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހޮރްމުޒް ކަނޑުއޮޅީގައި ގާއިމުކޮށްފައިވާ ބްލޮކޭޑް ނުވަތަ ހުރަސްތައް ފޫއަޅުވާލައި، އީރާނުގެ ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތަކެއް ދަތުރުކޮށްފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފި އެވެ.
މި ހާދިސާއާއެކު އެމެރިކާއިން އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ އެވެ.
ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން، އީރާނުގެ ގާތްގަނޑަކަށް 34 ތެޔޮ ޓޭންކަރެއް ވަނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފާރަވެރިކަމުގެ ތެރެއިން ސަލާމަތްވެ، އެ ސަރަހައްދު ހުރަސްކޮށްފަ އެވެ. މީގެ ތެރެއިން 19 އުޅަނދެއް ޕާޝިއަން ގަލްފުން ބޭރަށް ނުކުމެފައިވާއިރު، އަނެއް 15 އުޅަނދު ވަނީ އަރަބި ކަނޑުން އީރާނާ ދިމާލަށް ވަދެފަ އެވެ.
މި ދަތުރުތަކުގެ ތެރޭގައި ހިމެނޭ ހަ ޓޭންކަރަކީ އީރާނުގެ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ދަތުރުކުރި އުޅަނދުތަކެވެ. މި އުޅަނދުތަކުގައި ޖުމްލަ 10.7 މިލިއަން ފީފާ ތެޔޮ ހުރި ކަމަށް އަންދާޒާކުރެވެ އެވެ. މިއީ މާލީ ގޮތުން ބަލާއިރު ގާތްގަނޑަކަށް 910 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ މިންވަރެކެވެ.
މި ހާދިސާއަކީ ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި، ކަނޑުގެ މަގުން ހިންގާ ބްލޮކޭޑް ނާކާމިޔާބު ވަމުންދާކަމުގެ ނިޝާނެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ. މީގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޭނުންވާ މުހިންމު ފައިސާ ހޯދުމަށް އިތުރު މަގުތަކެއް ތަނަވަސްވެގެންދާނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދެއް އީރާނުން ހިފަހައްޓައިފި
ހެދޭ އެންމެ ގޯހަކުން ހެނދުނު ކޮފީގެ ފައިދާތައް ގެއްލިދާނެ!