ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާ ގުޅޭ އުސޫލުތައް ބަލަހައްޓާ ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ހޯމަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.
ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދެއްވި ސަބަބު ހާމައެއް ނުކުރައްވަ އެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ފައިޒަލް އިސްތިއުފާ ދެއްވިއިރު ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އޮނިގަނޑަށް ދާދި ފަހުން ގެނައި ބަދަލުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން، އާ ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަ ކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޕޭ ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.
އަދި ބާކީ ހުރި މުއައްސަސާތައް މުސާރައިގެ އާ އޮނިގަނޑަށް ބަދަލުކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި، ވާން ޖެހޭ ފަންނީ ތައްޔާރީތައް ކުރިއަށް ގެންދާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މައިކަލް ޖެކްސަންގެ ބައޮޕިކްއާއެކު ހޮލީވުޑް ސިއްސުވާލައިފި
ޒޭންގެ އާ އަލްބަމް ރިލީޒް ކުރިއިރު އޭނާ ހޮސްޕިޓަލުގައި
ރޭގަނޑުގެ ނިދި ހަލާކު ކޮށްލަނީ ސްކްރީންތަކުގެ ނޫ އައްޔެއް ނޫން!