ތޫނުއެއްޗަކުން ކަރަށް ހަމަލާދިން ބިދޭސީއަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 1:08 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާ އަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓައެވެ. އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ 38 އަހަރުގެ ފިރިހެނަކަށެވެ. މި ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ،28، ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކުލަ ބަދަލުވާ ކުޅިތަކުގެ ސިއްރު: ޕްލިޓްވިސޭގެ ގުދުރަތީ ކުރެހުން!
ގުދުރަތީ މަންޒަރުތަކުން ލުއިތަކެއް ލިބޭ
މަރުގެ އަދަބު ތަންފީޒުކުރާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފި
