އާދަމް ޝަރީފު އިސްތިއުފާ ދެއްވުމަށް ސަރުކާރުން އެންގެވީ އޭނާ ރަސްމީ ދަތުރުފުޅެއްގައި ބ. އަތޮޅުގައި އުޅުއްވަނިކޮށް. ދަތުރުފުޅުގައި އުޅުއްވާތީ އިސްތިއުފާގެ ސިޓީ ފޮނުއްވުމުގެ ކަންކަން ލަސްވެފައި ވަނިކޮށް، ސަރުކާރުން ވަނީ އޭނާ މަގާމުން ވަކިކުރައްވާފައި. އަދި އޭނާ އެ މަގާމުން ވަކިކުރުމަށްފަހު ރައީސް މުއިއްޒު ވަނީ އެ މަގާމު އުވާލައިފައި. އާދަމް ޝަރީފު ފިޔަވައި މިހާ ވަރަށް ރައީސް މުއިއްޒުއަށް ސަނާ ކިޔައި އެހެން މީހެއް ނޫޅޭ.

ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު ކަމުން މިދިޔަ ހަފުތާގައި ވަކިކުރެއްވި އާދަމް ޝަރީފު އުމަރު، ސަރުކާރުގެ އެހެން މަގާމެއްގެ އިންތިޒާރުގައި ހުންނެވި ފަދަ މޭރުމަކުން ވާހަކަދައްކަވައިފި އެވެ. މަގާމުން ވަކިކުރެއްވި ނަމަވެސް، އޭނާ ގެންދަވަނީ ސޯޝަލް މީޑިއާގައި ރައީސް މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ސަނާ ކިޔަމުންނެވެ.

އާދަމް ޝަރީފު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ފުރަތަމަ ޕޯސްޓުގައި، އޭނާ މިނިސްޓަރުގެ މަގާމުން ވަކިވުމާ ގުޅިގެން ހެޔޮ ބަސްތައް ފޮނުއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ. އަދި ކޮންމެ ހާލަތެއްގައި ވީނަމަވެސް، ގައުމަށް ހިދުމަތް ކުރުންމަތީ ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ލާމަރުކަޒީ ނިޒާމު ހަނިކުރުމަށް ފެއްޓެވި މަސައްކަތްތަކުގައި އިސް ރޯލެއް އަދާކުރެއްވި އާދަމް ޝަރީފު ވަނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް ލިޔުއްވާފަ އެވެ.

"އަލަށް ހުވާކުރާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ސަރުކާރާ ގުޅިގެން، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ އައު ބާބެއް ރައީސް މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ފެށިގެންދާނެ ކަމަށް އުންމީދު ކުރަމެވެ" އޭނާ ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން، އެކްސްގައި ކުރެއްވި އެހެން ޕޯސްޓެއްގައި ރައީސް މުއިއްޒު ޓެގް ކުރައްވައި އާދަމް ޝަރީފު ވިދާޅުވީ، މި ސަރުކާރުގައި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށާއި، ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ވެސް އަމަލީ ގޮތުން ބައިވެރިވާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އާދަމް ޝަރީފު އިސްތިއުފާ ދެއްވުމަށް ސަރުކާރުން އެންގެވީ އޭނާ ރަސްމީ ދަތުރުފުޅެއްގައި ބ. އަތޮޅުގައި އުޅުއްވަނިކޮށެވެ. ދަތުރުފުޅުގައި އުޅުއްވާތީ އިސްތިއުފާގެ ސިޓީ ފޮނުއްވުމުގެ ކަންކަން ލަސްވެފައި ވަނިކޮށް، ސަރުކާރުން ވަނީ އޭނާ މަގާމުން ވަކިކުރައްވާފަ އެވެ. އަދި އޭނާ އެ މަގާމުން ވަކިކުރުމަށްފަހު ރައީސް މުއިއްޒު ވަނީ އެ މަގާމު އުވާލައިފަ އެވެ.

"އިހުލާސްތެރިކަމާއެކު" މަސައްކަތް ކުރައްވަނިކޮށް، ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ނަމަވެސް، އޭނާ އަދިވެސް ހުންނެވީ ސަރުކާރުގެ އެހެން ސިޔާސީ މަގާމެއް ލިބޭނެ ކަމުގެ އިންތިޒާރުގައިކަން އޭނާގެ ވާހަކަތަކުން ދޭހަވެ އެވެ.

އާދަމް ޝަރީފުގެ އިތުރުން އެ ދުވަހު ޖުމްލަ 10 މިނިސްޓަރަކު ވަނީ ރައީސް އަންގަވައިގެން އިސްތިއުފާ ދެއްވާފަ އެވެ. މި ބޭފުޅުންނާ ގުޅޭގޮތުން، ޔޫއޭއީގެ ސަފީރު ކަމުން ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ބަދަލުކުރި (ޑީމޯޓު ކުރި) މުހައްމަދު ހުސައިން ޝަރީފު (މުންދު) ރޭ ވިދާޅުވީ، އެ ބޭފުޅުން އަދިވެސް ތިއްބެވީ ސަރުކާރާއެކު ކަމަށެވެ. އެހެންކަމުން، މަގާމުން ވަކިކުރި މިނިސްޓަރުންނަށް ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ އެހެން ފަންތިއެއްގެ މަގާމުތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.