ކްލައިމެޓް ޗޭންޖް، އެންވަޔަރަންނަމެންޓް އެންޑް އެނާޖީގެ މިނިސްޓަރުގެ މަގާމަށް މިދިޔަ އަންގާރަ ދުވަހު އައްޔަން ކުރެއްވި އަލީ ޝަރީފު، ސޯޝަލް މީޑިއާގައި މީގެ ކުރިން ކުރައްވާފައިވާ ހުތުރު ޕޯސްޓުތަކެއް އާންމުވެ، އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އަލީ ޝަރީފު ކުރައްވާފައިވާ މި ޕޯސްޓުތަކަކީ އޭނާގެ އަމިއްލަ އެކައުންޓުން ކުރައްވާފައިވާ ޕޯސްޓުތަކެއްކަން ވަނީ އެނގިފައި އެވެ. މި ޕޯސްޓުތަކުގެ ތެރޭގައި މުޖުތަމައުގެ އަދަބު އަޚުލާގާ ނުގުޅޭ އަދި އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ބަސްމަގު ބޭނުންކޮށްފައިވާ ކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އާންމުވެފައިވާ ޕޯސްޓުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) އަށް ނިސްބަތްކޮށް، އޭނާގެ ހަށިގަނޑުގެ ނުކުޅެދުންތެރިކަމަށް ހަޖޫޖަހާފައިވާ ޕޯސްޓެއް ހިމެނެ އެވެ. އަދި ވަރަށް ބޮޑަށް ސިޔާސީ ބޭފުޅުންނަށާއި ޕާޓީތަކަށް ފާޑުކިޔާފައިވާއިރު، ކުރީގެ ރައީސް ނަޝީދަކީ ކާފަރެއް ކަމަށްވެސް ބުނެފައިވާ ޕޯސްޓެއް އަންނަނީ ދައުރުވަމުންނެވެ.
އަލީ ޝަރީފުގެ ހޫނު ބަސްމަގު ވަނީ އަވަށްޓެރި އިންޑިއާއަށްވެސް ވަނީ ވަރަށްބޮޑަށް އަމާޒުވެފަ އެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ ޓެރަރިސްޓެއް ކަމަށް ބުނުމާއި، ޑިމޮކްރަސީގެ ނިޒާމު ގަބޫލުނުކުރައްވާ ކަމަށް ބުނެފައިވާ ޕޯސްޓުތަކެއް ވެސް ހިމެނެ އެވެ.
މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށްވެސް އަލީ ޝަރީފުގެ ބަހުގެ ހަމަލާތައް އަމާޒުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި ޕޯސްޓުތަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒަށް ފާޑުކިޔަމުންނެވެ.
ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރަށް ބަދަލު ގެންނަވަނީ ކަމަށް ވިދާޅުވެ ރައީސް ވަނީ އަންގާރަ ދުވަހު 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމަށް އަންގަވާފަ އެވެ. އެއާއެކު އެ މިނިސްޓަރުން އިސްތިއުފާ ދެއްވުމުން އަލުން ވަޒީރުންގެ މަޖިލިސް އެކުލަވާލެއްވި އިރު އަލީ ޝަރީފު އާއި ހީނާ ވަލީދު ވެސް ހިމެނެ އެވެ. މި ބަދަލުތަކުގެ ފަހުން ސަރުކާރަށް ފާޑުކިޔުން އިތުރުވިކަން ފާހަގަކުރެވުނެވެ.
އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، ހަނގުރާމަ ފަށަން ތައްޔާރު
އީރާނެކޭ އެއްފަދައިން ލުބުނާނުގެ ހަނގުރާމަ ހުއްޓާލުން މުހިއްމު
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް