މޫސުން ގޯސްވެ، ރާއްޖޭގެ އުތުރާ މެދު ރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. ސަމާލު ނެރެފައި ވަނީ މެންދުރު 1:00 އާ ހަމައަށެވެ.
ވަރަށް ހޫނު ގަދަ ދުވަސްތަކަކަށް ފަހު، ވޭތުވެދިޔަ 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރަން ވަނީ ފަށާފަ އެވެ. އަދި މިވަގުތު މާލެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ދަނީ ވާރެ ވެހެމުންނެވެ.
ކުޑަ ވަގުތުކޮޅެއް ތެރޭ ބޯކޮށް ވާރެ ވެހުމުގެ ސަބަބުން، މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ވަނީ ފަށާފަ އެވެ. އެގޮތުން މާލެ، މާފަންނު ސަރަޙައްދުގައި ހުރި ޕަމްޕް ބޭނުންކޮށްގެން އެ ސަރަޙައްދުން ދަނީ ފެން ހިއްކަމުނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ވިއްސާރަ ނަމަވެސް، ވަޔާއި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. ވައި ޖެހެނީ 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ނަމަވެސް ވިލާގަނޑުގައި ވަޔާއި ކަނޑު އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
ހަފުތާ ބަންދުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނީ އަންނަ މަހުގެ މެދުތެރޭގަ އެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެ އެވެ.
ވަރަށް ހޫނު ގަދަ ދުވަސްޔަކަކަށް ފަހު ރާއްޖެއަށް ވިއްސާރަކުރަން ފަށާފަވާތީ، ފިނިހޫނުމިން މަޑުމަޑުން ވަނީ ދަށަށް ދާން ފަށައިފަ އެވެ.
ކޮއްކޮމެންނާ ގުޅުން ބަދަހިވީ ބައްޕަގެ މަރަށްފަހު: ބޮބީ
ކާރިސާ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި
ޑިފެންސް މިނިސްޓަރު ކަމަށް ހަސަން ރަޝީދު އައްޔަންކުރައްވައިފި