ކުޅުދުއްފުށިން ގެއްލިގެން ހޯދި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީން 59 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ މައްސަލައެއް މިއަދު 1:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އެމީހާ ފެނިފައިވަނީ މިއަދު މެންދުފަހު 3:00 ހާއިރު އެ ރަށު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމަށް ފުލުހުން ބުންޏެވެ. އެމީހާ މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަރުވެފައި ވަނީ ހދ.ކުޅުދުއްފުށި, ބަޑިފަސްގަޑުގެ، ސުލައިމާން ޙުސައިން އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފަ އެވެ.
ލިޓަންއާއެކު ދަތުރުކުރި ނިޒާމްގެ މައްޗަށް ކުށް ސާބިތުވެއްޖެ
ސަމާލުވޭ! ޑެންގޫ ހުމުގެ ނުރައްކާ ބޮޑުވަނީ!
މި ހަފުތާގައި އެމެރިކާއާއި އީރާނުގެ މަޝްވަރާތައް އަލުން ފަށަނީ
