ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ މިސްރާބު ބަދަލުކުރެއްވުމަށް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ކުއްލި ގޮތަކަށް ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ. މި ބަދަލާއެކު މިހާރު ތިއްބެވި ބައެއް ވަޒީރުން އިސްތިއުފާ ދެއްވާފައިވާއިރު، އަލުން އެކުލަވާލި ކެބިނެޓުގައި ގިނައީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ބޭފުޅުންނެވެ.
މިއަދު އިއުލާންކުރި އާ ކެބިނެޓުގައި އާ މޫނުތަކެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ހީނާ ވަލީދު، އިރްތިޝާމް އާދަމް، ލީލާ އަލީގެ އިތުރުން އަލީ ޝަރީފެވެ.
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، މީގެ ކުރިން އެންސްޕާގެ ސީއީއޯގެ މަގާމާއި ސަރުކާރުގެ ތަރުޖަމާނުކަން ކުރެއްވި ހީނާ ވަލީދަށް ކެބިނެޓުން ޖާގަ ދެއްވުމެވެ. ހީނާ ވަނީ ހެރިޓޭޖް މިނިސްޓަރުކަމަށް މިއަދު އައްޔަން ކުރައްވާފަ އެވެ. ހީނާ އަކީ މި ސަރުކާރުގައި މިހާތަނަށް ހަވާލުކުރެވުނު އެއްވެސް ޒިންމާއެއް އެދެވޭ ގޮތެއްގައި އަދާނުކުރެވި، "ފެއިލްވެފައިވާ" ބޭފުޅެއްގެ ގޮތުގައި އާންމުންގެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ ފަރާތެކެވެ.
މީގެ އިތުރުން، އާންމުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައިވާ ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މިފަހަރުވެސް އޭނާގެ މަގާމު ދިފާއު ކުރައްވާފަ އެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެ ދާއިރާ ހިންގުމުގެ ގާބިލުކަން ނެތް ކަމަށް ގިނަ ބަޔަކު ބުނަމުންދާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ މަގާމުގައި ދަމަހައްޓަވާފަ އެވެ.
ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ހައިރާންކުރުވަނިވި އެއް ނިންމެވުމަކީ، ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުމުގައި ބޮޑުތަނުން ފެއިލްވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ ޝަކުވާ އަމާޒުވި މުހައްމަދު އަމީންއަށް، އެއަށްވުރެ މާ ބޮޑު އަދި ވަރުގަދަ މެންޑޭޓެއް އޮތް ޓޫރިޒަމް މިނިސްޓްރީ ހަވާލުކުރެއްވުމެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބަކީ ވެސް އިންތިހާއަށް ރައްޔިތުންގެ ނުރުހުން ލިބިވަޑައގެންފައިވާ ދެ ބޭފުޅުންނެވެ.
އާންމުން ފާހަގަކުރާ ގޮތުގައި، މި ބޭފުޅުންނަށް ފާޑުކިޔުން އަމާޒުވަނީ ވަކި ފަރުދަކަށް ވީތީއެއް ނޫނެވެ. ނަމަވެސް، ދައުލަތުގެ ބޮޑެތި މަގާމުތަކާ ހަވާލުވެވަޑައިގެން ތިއްބަވައި، ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ނަތީޖާ ނެރެނުދެވޭތީ އެވެ.
ސަރުކާރުން މި ބަދަލުތައް ގެނައީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރުމަށް ކަމަށް ބުނި ނަމަވެސް، އާންމުންގެ ނުރުހުން އަމާޒުވެފައިވާ ބޭފުޅުންނަށް އަލުން މަގާމުތައް ދިނުމަކީ ރައްޔިތުންގެ މޫނުމަތީގައި ޖެހި "ތަފާލެއް"ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
ރައީސްގެ ވައުދަކަށް ވީތީ އުފެއްދި ސިޓީސް މިނިސްޓްރީ އުވާލައިފި
ރަންބީރާއި އާލިއާ ސްވިޓްޒަލޭންޑްގައި!
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވަކިކޮށްފި
ކަލޭމެން އެދޭހާ ގޮތެއް ނުވުމަކީ ރައްޔިތުން އެދޭގޮތަށް ނުވެދާނެ. ކަލޭމެން ނޫހުގަ ތިޔަ ލިޔަނީ ކަލޭމެންގެ ޚިޔާލުތާ. ރައްޔިތުންވެސް އެދޭ ހުރިހާކަމެއް ނުވާނެ. ކޮށެއްނުދެވޭނެ އެކަކަށްވެސް.
ރިޕްލައި