ވީނުވީ ނޭނގި ގެއްލިފައިވާ ބިދޭސީއެއްގެ މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ނިޒާމްގެ މައްޗަށް މަރުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޑިސެމްބަރު، 2022 ގައި ބަންގްލަދޭޝްގެ ލިޓަން ގެއްލުނީ ބޯޓެއްގައި ވިލިމާލެއިން ފުރި ފަހުންނެވެ. ދައުލަތުން ތުހުމަތުކުރި ގޮތުގައި އެ ބޯޓުން އޭނާއާއެކު ދަތުރުކުރި ގދ. ތިނަދޫ، މަނާރު މުހައްމަދު ނިޒާމް ވަނީ މޫދަށް ވައްޓާލައިގެން ލިޓަން މަރާލައިފަ އެވެ.
އެ މައްސަލާގައި ނިޒާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރި ނަމަވެސް އަދަބު ކަނޑައެޅުން ވަނީ އެހެން ދުވަހަށް ފަސްކޮށްފަ އެވެ.
މީހަކު މެރުމުގެ ދައުވާގެ އިތުރުން ލިޓަންގެ ފައިސާ ވަގަށް ނެގި ކަމަށް ބުނެ ވައްކަމުގެ ދައުވާ ވެސް ދައުލަތުން ކުރި އެވެ. އަދި އެ ދައުވާ ވެސް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކުރި އެވެ.
ނިޒާމް ހައްޔަރުކުރީ އެ ހާދިސާއަށްފަހު ލިޓަން އާއި ނިޒާމް ގެއްލިގެން ހޯދަނިކޮށް ނިޒާމް މާލެއިން ފެނުމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ނިޒާމް ތަހުގީގުގައި ކުށަށް ވަނީ އިއުތިރާފްވެފަ އެވެ.
ފޮރިން މިނިސްޓަރު ކަމުން ކުއްލިގޮތަކަށް ހަލީލް ވަކިކޮށްފި