މާލޭގައި ރަހުމް ކުޑަ ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި 2023 ވަނަ އަހަރު ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.
އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ މިއަދު ހުކުމްކޮށްފަ އެވެ.
ބާކީ އޮތް ތިން ދައުވާގެ ހުކުމް މިހާތަނަށް ނީއްވަ އެވެ.
އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ސީލައިފް އަންމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފި
ފާޑުކިޔުން އަމާޒުވި ބޭފުޅުންނާއެކު އަލުން ކެބިނެޓު އެކުލަވާލުން!