މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ބައެއް ޕްރޮޖެކްޓްތަކުގެ ސްޕީޑް ލަސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ހަރަދުކުޑަކުރުމުގެ ގޮތުން އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިނުވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ ކޭޝް ފްލޯއަށް ބެލުމަށްފަހު ޕްރޮޖެކްޓްތަކަށް މުވައްޒަފުން ނެގުމާއި ވަޒީފާއިން ވަކިކުރުން ވެސް ކުރިއަށްދާނެ ކަމަށެވެ.
"އެކަމަކު ކޭޝް ފްލޯއަށް ބަލައިގެން ބައެއް ޕްރޮޖެކްޓްތައް ޖެހޭނެއޭ ދަންމާލަން. އެހެންވީމަ އެގޮތަށް ބަލައިގެން ކުންފުނިތަކުން ހަޔާކުރުމާއި ފަޔާ ކުރުމުގެ ކަންތައް ގެންދިޔުން،" ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުގެ ވަޒީފާ ދިނުމަށް މިވަގުތު ހުއްދަ ދީފައި ވަނީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއަށް އެކަނި ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ޝަރުތުކޮށް ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ވަޒީފާދީފަ އެވެ. ކައުންސިލް އިންތިހާބު ނިމުމާއެކު ޕީސީބީން ވަނީ ކުންފުނިތަކުގެ ވަޒީފާއަށް އިތުރު މުވައްޒަފުން ނުނެގުމަށް އަންގާފަ އެވެ.
އާޝާ ބޯސްލޭ މަރުވެއްޖެ
އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްނުވި
އަންނަ މަހު ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވަނީ
