އެމެރިކާގެ ނޭވީއިން ވަގުތުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރަން ފަށާނެ ކަމަށާއި، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ، އީރާނަށް ޓޯލް ދައްކާފައިވާ ކޮންމެ އުޅަނދެއް ވެސް ހިފަހައްޓާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މި ވާހަކަތައް ދެއްކެވީ، ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި، އެމެރިކާ-އީރާން ސުލްހައިގެ މަޝްވަރާތައް އެއްބަސްވުމަކާ ނުލައި ނިމުނުތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ޓްރަމްޕް ވިދާޅުވީ، ބައްދަލުވުން ރަނގަޅަށް ކުރިއަށް ދިޔަ ކަމަށާއި، ގިނަ ނުކުތާތަކުގައި ދެ ފަރާތް އެއްބަސްވި ކަމަށެވެ. ނަމަވެސް، އިރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ދެ ފަރާތް އެއްބަސްވެވޭ ގޮތެއް ނުވި ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕަކީ، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ޓޯލް ނަގާ، އިރާންގެ ސިޔާސަތާ ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ.
"ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ، އިރާނަށް ޓޯލް ދައްކާފައިވާ ކޮންމެ އުޅަނދެއް ހޯދައި ހިފަހައްޓުމަށް ވެސް ވަނީ ނޭވީއަށް އަންގާފައި. ގަވާއިދާ ހިލާފަށް ޓޯލް ދައްކާ ފަރާތްތަކަށް ކަނޑުގައި ރައްކާތެރިކަމާ އެކު ދަތުރުކުރެވޭ ގޮތެއް ނުވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
މި ދެ ގައުމުގެ ސުލްހައިގެ މަޝްވަރާ ޕާކިސްތާނުގައި ކުރިއަށް ދިޔައިރު، ވާހަކަތައް ނާކާމިޔާބުވީ ކީއްވެ ކަމާ ގުޅޭ ގޮތުން، އީރާންގެ ޕާލިމެންޓްގެ ރައީސް، މުހައްމަދު ބާގިރް ގާލިބާފް ތުހުމަތު ކުރެއްވީ، ވާހަކަތައް ފެއިލްވީ ހުޅަނގުގެ ސަބަބުން ކަމަށެވެ. ގާލިބާފް ވިދާޅުވީ، އެމެރިކާގެ ވެރިން، އީރާންގެ ވަފުދުގެ އިތުބާރު ހޯދުމަށް ނާކާމިޔާބުވި ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، ވާހަކަތައް ނިމިދިޔައީ ހައްލެއް ނެތިކަމަށާއި، ހުށަހެޅި ހުށަހެޅުމަކީ "ފަހު ފުރުސަތު ކަމަށާއި، ދެވެން ހުރި އެންމެ ރަނގަޅު ހުށަހެޅުން" ކަމަށެވެ.
އެއްބަސްވުމަކަށް ނާދެވި ދެ ގައުމުގެ ވަފުދުތައް ފުރައިފި
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސޯބެ ވާދަކުރައްވަނީ