ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލާގެ ހުކުމް ނުކޮށް ތިބޭތީ ނުވަ މަސް ފަހުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުމްކުރީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ޣާލިބް ސަލީމް ކިޔާ މީހަކު ހުށަހެޅުމުންނެވެ.
އެ މައްސަލާގެ އަޑުއެހުންތައް ނިންމާލިތާ ނުވަ މަސް ފަހުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމް ކުރުމުން އެގޮތަށް ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތު ދީފައިވާއިރު، ތިން ވަނަ މަހު އެ ފައިސާ އެއްކޮށް ދައްކާފައި ވިޔަސް, ހުކުމުގައި ބުނާ ގޮތުގެ މަތިން ފައިސާ ނުދައްކާ އޮތްކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގުމުގެ ސަބަބުން ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ, ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކުރީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އަންނަ މަހު ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވަނީ
މަޝްވަރާތަކަށް 14 ގަޑިއިރު، އަދިވެސް އެއްބަސްނުވެވޭ ކަންކަން ގިނަ
މައިކަލް ޖެކްސަންގެ ބައޮޕިކް ޕްރިމިއާ ކޮށްފި