ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން އީރާނަށް ނިއުކްލިއާ ހަމަލާއެއް ދީފިނަމަ، އޭގެ ރައްދުގައި އެމެރިކާގެ ވޮޝިންޓަނަށާއި އިޒްރޭލުގެ ތެލް އަވީވަށް ނިއުކްލިއާ ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރެއް އުތުރު ކޮރެއާއިން ދީފި އެވެ.
ޕިއޮންޔަންގުން މިފަދަ އިންޒާރެއް ދީފައި ވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އުތުރު ކޮރެއާގެ ސަރުކާރުން ބުނިގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފިނަމަ، އެ ގައުމުން ވަގުތުން ވަރުގަދަ ރައްދެއް ދޭނެ އެވެ.
މި އިންޒާރުގައި ވަނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގެ އިތުރުން، އެމެރިކާގެ ގާތް އެކުވެރިއެއް ކަމަށްވާ އިޒްރޭލުގެ ތެލް އަވީވަށް ވެސް ނިއުކްލިއާ ހަމަލާތައް އަމާޒުކުރާނެ ކަމަށް ބުނެފަ އެވެ. މިއީ ބައިނަލްއަގުވާމީ މަސްރަހުގައި އުތުރު ކޮރެއާއިން ދީފައިވާ އެންމެ ނުރައްކާތެރި އެއް އިންޒާރުގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ.
މިކަމާ ގުޅިގެން އެމެރިކާއިން ނުވަތަ އިޒްރޭލުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އުތުރު ކޮރެއާގެ މި އިންޒާރާއެކު ދުނިޔޭގެ ސަލާމަތީ މަސްރަހަށް ވަނީ އިތުރު ބިރުވެރިކަމެއް ކުރިމަތިވެފަ އެވެ.
އިޒްރޭލުން ހަމަލާތައް ދެމުންދާއިރު މަޝްވަރާތަކުގެ ބޭނުމެއް ނެތް!