ބްރަސަލްސްގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ މައި އިދާރާތައް ދޫކޮށް، ޗައިނާއިން ޔޫރަޕްގެ މައިގަނޑު މަންދޫބެއްގެ ގޮތުގައި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ކަނޑައަޅައިފި އެވެ. މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ސަންޗޭޒް ޗައިނާއަށް ކުރައްވާ ހަތަރުވަނަ މަތީ ފަންތީގެ ޒިޔާރަތްކަން ބެއިޖިންގްއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި ނިންމުމާއެކު، ޗައިނާއިން ވަނީ ޔޫރަޕްގެ އިއްތިހާދުގެ ރަސްމީ އޮނިގަނޑުން ބޭރުން، ސަންޗޭޒްއަކީ ޔޫރަޕްގެ އަޑު އިއްވާނެ މައިގަނޑު ޝަޚްސިއްޔަތުގެ ގޮތުގައި ބަލައިގެންފަ އެވެ. ފައިނޭންޝަލް ޓައިމްސްއިން ސިފަކޮށްފައިވާ ގޮތުގައި ސަންޗޭޒްއަކީ ޑޮނަލްޑް ޓްރަމްޕްގެ "ޔޫރަޕްގެ ނެމެސިސް" ނުވަތަ އެންމެ ބޮޑު ވާދަވެރިޔާ އެވެ.
ސަންޗޭޒްގެ ހާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، އޭނާ ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރުކުރުމަށްވެސް ގޮވާލައްވާފަ އެވެ. މީގެ އިތުރުން، ތެހެރާންގައި ހުންނަ ސްޕެއިންގެ އެމްބަސީ އަލުން ހުޅުވުމަށް ނިންމަވައި، އަލްޖީރިއާއާއެކު އޮންނަ ގުޅުން ވަރުގަދަކޮށް މޮރޮކޯއާ ދެކޮޅަށް މިސްރާބު ބަދަލުކުރައްވާފައިވާކަން ފާހަގަކުރެވެ އެވެ.
މި ހަރަކާތްތަކުން ދޭހަވަނީ ސަންޗޭޒް ބައިނަލްއަގުވާމީ މައިދާާނުގައި ކުރީގެ އުސޫލުތަކަށް ބޯނުލަނބައި، އަމިއްލަ މިނިވަން ސިޔާސަތެއްގެ ދަށުން ކުރިއަށްދާން ބޭނުންވާކަމެވެ. ޗައިނާގެ މި ފިޔަވަޅަކީ ޔޫރަޕްގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެއް ކަމަށް މުހައްލިލުން ދެކެ އެވެ.
ގަތަރު އެއާވޭސް އަލުން ރާއްޖެއަށް
ފަރަށް އެރި ބޯޓަކުން ގެއްލުނު ދިވެއްސަކު ހޯދަނީ