ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ އެންމެ ފަހުގެ ފެނިލުމާއެކު އޭނާގެ ސަޕޯޓަރުންގެ ހިތްތަކުގައި 90ގެ އަހަރުތަކުގެ ހަނދާންތައް އާ ކުރުވައިފި އެވެ.
މިފަހުން ސަލްމާން މުމްބާއީގެ އެއާޕޯޓުން ފެނުނުއިރު އޭނާގެ ސިފައަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު މިހާރު އޭނާ ހުރި ސިފައަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ހުރި ސިފައާ ދާދި އެއްގޮތް ސިފަ އެކެވެ.
އެގޮތުން އެ ފެނިލުމުގައި އޭނާ ހުރީ އޭނާގެ ތުނބުޅި އެއްކޮށް ބާލައި "ކްލީން ޝޭވް"އެއް ކޮށްގެންނެވެ. މިއީ މިފަހުގެ އަހަރުތަކުގައި އޭނާ އާއްމުކޮށް ފެނިފައިވާ ގޮތެއް ނޫނެވެ.
90ގެ އަހަރުތަކާއި 2000ގެ އަހަރުތަކުގައި ރިލީޒް ކުރެވުނު ސަލްމާންގެ ފިލްމުތަކުގައި އޭނާގެ ތުނބުޅި އެއްކޮށް ބާލައިފައި ހުރި ނަމަވެސް ފަހުގެ ފިލްމުތަކުގައި އޭނާގެ ތުނބުޅި ބަހައްޓަނީ ދިގުކޮށްފަ އެވެ.
ސަލްމާންގެ ސިފައަށް ގެނައި އެ ބަދަލާއެކު އޭނާގެ ޒުވާން ދައުރާ މިހާރު ހުރި ގޮތާ މާ ބޮޑު ތަފާތެއް ނެތް ކަމަށާއި އޭރު ވެސް މިހާރު ވެސް އޭނާއަކީ ބުރުސޫރަ ރީތި މީހެއް ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ސަލްމާން ދެން އެންމެ އަވަހަށް ފެންނާނީ "މާތުރާބުމީ"އިންނެވެ. އެ ފިލްމަށް ކުރިން ދީފައިވާ ނަމަކީ "ބެޓަލް އޮފް ގަލްވާން" އެވެ.
އެމްއެމްއޭ އިން ވޯކާޒް ރެމިޓެންސް ސާވޭ މާދަމާ ފަށަނީ
"ލިސްޓަރިން"އިން ކުރެވޭ މުޅިން ތަފާތު ބޭނުންތަކެއް!