މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފަށް ސޮއިކުރައްވައިފި އެވެ.
ޕީއެންއެފް އިން ބުނީ ޒަރިޔަންދު އެ ޕާޓީއަށް ސޮއިކުރެއްވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކަމަށެވެ.
ޒަރިޔަންދަކީ އޮޑިޓިން އަދި އެކައުންޓިން ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ފިނޭންސް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފަ އެވެ.
މާލޭގެ މޭޔަރު ކަމަށް ޒަރިޔަންދު އަމިއްލަގޮތުން ވާދަކުރެއްވީ ޔާމީންގެ ތާއީދާއެކު އެވެ.
އެ އިންތިހާބުގައި ޒަރިޔަންދަށް ލިބިވަޑައިގަތީ 6،302 ވޯޓެވެ. އޭނައާ އެންމެ ގާތުން ދެން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް 9،380 ވޯޓު ލިބިވަޑައިގެންނެވި އެވެ. މިހާރުގެ މޭޔަރު އާދަމް އާޒިމަށް އާދަމް އާޒިމަށް 13،906 ވޯޓު ލިބިވަޑައިގަތެވެ.
ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފި
ދޮށިމޭނާ ބިލްޑިން ކައިރި އެއްގަމު ތޮށި ސިފައިންނަށް
ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިއްޖެ: އެމެރިކާ
