މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުން ބޮޑުތަނުން ޕީއެންސީއަށް ނާކާމިޔާބުވުމާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ބަލި ގަބޫލުކުރައްވައިފި އެވެ.

ރައީސް އެެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށާއި އަދި މިއިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވާ ކަމާށެވެ.

"ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން" ރައީސް ވިދާޅުވި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުން ސަރުކާރު ބޮޑު ބައްޔަކުން ބަލިވުމުގެ އިތުރުން، މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ސިޓީތަކުގެ މޭޔަރުންގެ ގޮނޑިވެސް ދިފާއުކުރީ އިދިކޮޅު އެމްޑީޕީންނެވެ. މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީން ނެގުމުގެ އިތުރުން، ގިނަ ރަށްރަށުގެ ކައުންސިލް ގޮނޑިތައްވެސް ޕީއެންސީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.