މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ކޮމިޓީ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާ އިއުލާން ކުރަން ފަށައިފި އެވެ.
މިހާރު ދަނީ އެންމެ އާބާދީ ކުޑަ ސަރަހައްދުތައް ކަމަށްވާ ރިސޯޓުތަކުގެ ނަތީޖާތައް އަންނަން ފަށާފަ އެވެ.
ވޯޓު ހަވީރު 5:00އާ ހަމައަށް ނިމިފައިވާއިރު، މިހާތަނަށް ބަންދުކުރެވިފައިވަނީ ޖުމްލަ 588 ފޮށީގެ ތެރެއިން 512 ފޮށި ކަމަށް އިލެކްޝަން ކޮމިޝަނުން މިރޭ 6:45 އެހާއިރު ވަނީ ބުނެފައި އެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،876 މީހުންނަށް ލިބިގެންވާއިރު. މިއަދު 4 ޖެހުމާ ހަމައަށް 109،167 މީހުން ވޯޓު ނުލާކަމަށް އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ހިސާބުތަކުން ދައްކަ އެވެ. އެއީ ޖުމްލަ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 37.02 ޕަސެންޓް މީހުނެވެ.
އާއްމުވަމުން އަންނަ މި އާދައަކީ ތިބާގެ ހަލާކު!
ކިޔު ބަންދުކޮށްފި، 5:30 ގައި ވޯޓު ގުނަން ފަށަނީ
ޓެކްސީ ލައިން: ކާރެއް މަގު މެދަށް ހުއްޓި މުޅި މަގު ބްލޮކުވެއްޖެ