އިޒްރޭލާއި އެމެރިކާއިން އީރާނުގެ އިސްވެރިން އަވަހާރަކޮށްލާނެ ކަމަށް ބުނެ ދެމުންދާ އިންޒާރުތަކަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. މި އިންޒާރުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެފަދަ ބިރުދެއްކުންތަކަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށެވެ.
އަރަގްޗީ ވިދާޅުވީ، ދުސްމަނުންގެ އިންޒާރުތަކަކީ އެއްވެސް އަގެއް ނެތް ފައިތިލަ ދަށުގައިވާ އެއްޗެއް ކަމަށެވެ. އަދި އީރާނުން ދުސްމަނުންދޭ އެފަދަ އިންޒާރުތުން މަރަށް ބިރުގަންނަ ނަމަ މި ހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމަށާއި، ގައުމުގެ އެންމެ މަތިވެރި ދަރިން ޝަހީދުންގެ ގޮތުގައި ގުރުބާން ނުކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އަމިއްލަ ވަޒަން ދިފާއުކުރުމުގައި މަރުވުމަކީ އީރާނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"އަހަރެމެން އުފަންވީ މިނިވަނުންގެ ގޮތުގައި، އަދި މަރުވެދާނީވެސް މިނިވަނުންގެ ގޮތުގައި" އަރަގްޗީ ވިދާޅުވި އެވެ.
މި ބަޔާނަކީ ސަރަހައްދީ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، އިޒްރޭލާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި އިންޒާރުތަކާ ގުޅިގެން ދިން ބަޔާނެކެވެ. އީރާނުން ވަނީ އެގައުމުގެ ސިޔާދަތު ދިފާއުކުރުމުގައި ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ބްރެޑްއާއި އެންޖެލީނާގެ ދަރިފުޅު ޝިލޮހްގެ މިއުޒިކް ވީޑިއޯއެއް!
މާލެ އާއި އައްޑޫން ޕީއެންސީއަށް ލިބުނީ އެންމެ ގޮނޑިއެއް!
"ޓްރަމްޕްގެ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދު ރޯވާނެ"