އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިޠާބަކީ އެއްވެސް ތަރުތީބެއް ނެތް، އޮޅުންބޮޅުން ބޮޑު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެމެރިކާގެ ކަނޑުގެ ސިފައިންގެ ކުރީގެ އިސް އޮފިސަރަކު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނޭވީގެ ކުރީގެ ސީނިއާ އޮފިސަރު ހާލަން އުލްމަން އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިރާނާއެކު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި ސާފު އެއްވެސް ސިޔާސަތެއް ނުވަތަ ސްޓްރެޓަޖީއެއް އެކުލެވިގެން ނުވާ ކަމަށެވެ.
"މިއީ ވަރަށް ލަދުވެތި، މާޔޫސްކުރުވަނިވި އަދި އޭގައި އެއްވެސް އޮއްޓަރެއް ނެތް ޚިޠާބެއް. މުޅި ޚިޠާބު ފެނިގެންދިޔައީ އޭގެ ޒާތުގައި ފުށުއަރާ ކަންތައްތަކެއްގެ ގޮތުގައި،" އުލްމަން ވިދާޅުވިއެވެ.
އުލްމަން އިތުރަށް އިންޒާރު ދެއްވި ގޮތުގައި، އިރާނުގެ ތެޔޮ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިނުމަށް އެމެރިކާ ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ. މީގެ ސަބަބުން އެމެރިކާއަށް ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޓްރަމްޕްގެ މި ވާހަކަފުޅުތަކަކީ އިރާނަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އެ ގައުމުން ދެކޭނެ ކަމަށެވެ. ޓްރަމްޕްގެ ޚިޠާބާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ވެސް އެކި ފަރާތްތަކުން އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ.
ބައި ގަރުނު ފަހުން އިންސާނުން ހަނދަށް!
ހަނގުރާމަ ދިގުދަންމަން ޓްރަމްޕް ދަނީ މަގުފަހިކުރަމުން
މިހާރު އެސޮރު ހުރީ ހެދުނު މޮޔާގައި ގޮވާފައި ޤައުމާ މުޚާޠަބު ކުރަން ހަވާލު ނުކުރާތި ބައިކޮޅަށް ޖަހާނީ
ރިޕްލައި