އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއެކު ދ. އަތޮޅަށް ކެމްޕޭން ދަތުރެއްގައި ވަޑައިގަތުމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް އާސިމް މިއަދު މަގާމުން ވަކިކޮށްފި އެވެ.
ސަރުކާރުގެ އޮފިޝަލަކު ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
އިއްޔެ ސިޔާމް ދ. ރިނބުދުއަށް ކުރެއްވި ޒިޔާރަތުގައި އޭނާއަށް މަރުހަބާ ކިޔުމަށް އާސިމް ވަޑައިގަތެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭގެ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ސިޔާމްއާއެކު އޭނާ ވަނީ އިސްކޮށް ހަރަކާތްތެރިވެފަ އެވެ.
"ޕީއެންސީގެ ކެންޑިޑޭޓުން ވަނީ އެ މައްސަލަ ހުށަހަޅާފައި ސަރުކާރަށް. ދެން ފެނުނީ އާސިމް ވަކިކުރިތަން،" ރިނބުދޫން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
އާސިމަކީ އިސްލާމިކް މިނިސްޓްރީގައި ވަރަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ ވަރަށް ގާބިލް ބޭފުޅެކެވެ. އޭނާގެ މަސައްކަތާ މެދު އެ މިނިސްޓްރީގެ ގިނަ މުވައްޒަފުން ތައުރީފްކުރެ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލުން ހުޅުވާލައިފި
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް އޮތީ ކޮން އިރަކު؟
ނަފްސާނީ އެހީއަށް އޭއައި: ފުރާވަރު ކުދިންނަށް ބޮޑު ނުރައްކަލެއް!
