ދިވެހި ރާއްޖޭގައި މިިވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ އިންޑިއާގެ ޓީވީ ސީރީޒްތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި ހީނާ ޚާން ތަފާތު އާ ކަމެއް ދަސްކޮށްފި އެވެ.
ޅ އަތޮޅުގެ ކޮކޫން ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ހީނާ އަންނަނީ އޭނާގެ ޗުއްޓީގެ އުސްއަލިތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާ ކުރަމުންނެވެ.
އެގޮތުން ގިނަ ބައެއްގެ ސަމާލުކަމަށް އައީ ޗުއްޓީގެ ތެރެއިން ހީނާ ދައްކާލި އޭނާގެ ކެއްކުމުގެ ހުނަރެވެ. ރިސޯޓުގެ ބަދިގޭގައި އޭނާ ވަނީ ތަފާތު ކެއުންތައް ތައްޔާރު ކޮށްފަ އެވެ.
ރިސޯޓުގެ އަތިރިމަތީގައި ހުރެ ހީނާ ފިހަމުން ދިޔަ ރޮށިތަކަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. އެ ވީޑިއޯގައި އޭނާ ފާހަގަކުރީ ވަށްކޮށް ރޮށި ފިހަން އޭނާއަށް ދަސްވި ކަމަށެވެ.
އެގޮތުން އަމިއްލައަށް ފުށް މޮޑެ ރޮށި ދެމުމަށްފަހު ރޮށި ފިހާ މަންޒަރު ފެންނަ ވީޑިއޯއާއެކު އޭނާ ބުނެފައިވަނީ އެއީ ވަށް ރޮށި ދެމުމުގެ އަމާޒު ފެންނަ ވީޑިއޯއެއް ކަމަށެވެ.
ސްޓާ ޕްލަސްއިން ދެއްކި "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހީނާއަކީ އޭނާގެ އާއިލާއާއެކު ވަރަށް ގިނައިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ތަރި އެކެވެ.
ޓީޓީގެ މުއާމަލާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމުގައި ކުރިއެރުމެއް
ޓްރަމްޕް ގެ ހިތާބަށް ގިނަ ބައެއް ފަާޑުކިޔުން އަމާޒުވެއްޖެ
ނާސާއިން ތާރީހީ "އާރްޓެމިސް 2" ފޮނުވާލައިފި