ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ ވިޔަފާރިވެރިޔާ އާނަންދު އަހޫޖާއަށް ދެވަނަ ދަރިއަކަށް ވެސް ފިިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
އާނަންދުއާއި ސޯނަމްއަށް ދެވަނަ ދަރިއަކު ލިބުނުކަން އިއުލާން ކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެ ދެމީހުންގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ބުނެފައިވަނީ އާއިލާއަށް އިތުރުވި އާ މެމްބަރާއެކު އެމީހުންގެ އާއިލާ ފުރިހަމަ ވެފައިވާ ކަމަށާއި އާއިލާއަށް ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކޮއްކޮއެއް ލިބުމުން އެމީހުންގެ ދޮށީ ދަރިފުޅު ވާޔޫ ވެސް ވަރަށް އުފަލުން ހުރި ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ސޯނަމްގެ ދެމަފިރިން އެމީހުންގެ ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔާފައިވާކަން އިއުލާން ކުރި ނަމަވެސް އެ ކުއްޖާއަށް ކިޔާ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.
2018 ވަނަ އަހަރު ކައިވެނިކުރި އާނަންދުއާއި ސޯނަމްއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބުނީ 2022 ވަނަ އަހަރު އެވެ. ދެވަނަ ދަރިފުޅަށް ސޯނަމް ބަލިވެ އިންކަން އިއުލާންކުރީ މިިދިޔަ ނޮވެމްބަރުގަ އެވެ.
ސޯނަމްގެ ދެމަފިރިންނަށް ދެވަނަ ދަރިއަކު ލިބުނުކަން އިއުލާން ކުރުމާއެކު ބޮލީވުޑްގެ ގިނަ ފަންނާނުންނާއި އާއްމުން ވެސް އަންނަނީ އެ އާއިލާއަށް މަރުހަބާ ކިޔަމުންނެވެ.
ސަރަހައްދީ ހަނގުރާމަ ހުއްޓުވޭނީ ހަމައެކަނި ޓްރަމްޕަށް: ސީސީ
އުމުރާއެކު އިންސާނާގެ އަޑަށް ބަދަލު އަންނަނީ ކީއްވެ؟
ދެ އިންތިހާބު އެއްކޮށްލާ ވޯޓުގެ މައްސަލާގެ ހުކުމް މާދަމާ