ރާއްޖޭގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް އަންނަ މަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ނިންމާލުމަށްފަހު ހުކުމް އަންނަ މަހުގެ 12 ވަނަ ދުވަހު އިއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
އެ މައްސަލާގައި ބަންދުގައި ހުއްޓާ މާވިން އިސްލާމްވެ އަދި އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކޯޓަށް އޮތީ އަންގައިފަ އެވެ.
އެ މައްސަލާގައި ލަމްހާ ވެސް ހުރީ ބަންދުކޮށްފަ އެވެ. އަދި ލަމްހާގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ކުރެ އެވެ
ޕްރިޔަންކާގެ އަގުބޮޑު މިލްކިއްޔާތަށް ނަޒަރެއް!
ދިރާގުން ދޭ ފަހު ބޯޓު ހޯދުމަށް އެންރޯލްކުރުމަށް ބާކީ 3 ދުވަސް!
އީރާނުގެ ދިފާއުގައި ހޫތީންގެ ހަމަލާތަކެއް