ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.
ޕީއެންއެފް އިން އާޓިފިޝަލް ބީޗްގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޕީއެންސީއަށް ފުރުސަތު ދެވިއްޖެ ކަމަށާއި، ގައުމު މިހާލަތަށް ވައްޓާލީ އެ ޕާޓީން ކަމަށެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ވެރިކަން ދިފާއުކުރެވެން ނެތްކަން އެނގިވަޑައިގަންނަވާތީ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި އޮތް ކަމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ދިފާއުކުރަން ކުރާ ކަމެއް ކަމަށެވެ.
ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ހަރަދު ކުޑަކުރަން ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އެއީ "ބުހުތާނު ދޮގެއް" ކަމަށެވެ. ވޯލްޑް ބޭންކުން ލަފާދިނުމުން ވެސް ފާއިތުވި ދެ އަހަރު ތެރޭގައި ހަރަދު ކުޑަކުރަން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، ހަރަދު ކުޑަކުރުމަކީ މި ސަރުކާރަށް މުހިންމު ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެނައުމުގެ ކުރިން އިލްމީ ބަހުސްތައް ކުރެވެންޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޓިކެޓް އަގުބޮޑު ކުރުމުން ފީފާއާއި ދެކޮޅަށް މައްސަލަ ޖައްސަނީ
ޕޮލިސް ކޮމިޝަނަރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
އެމެރިކާގެ ސުލްހައިގެ ހުށަހެޅުން އީރާނުން ބަލައި ނުގަތް