ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ދޫކޮށްފައިވާ މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށަން ނިންމައިފި އެވެ.
އެޗްޑީސީން ބުނީ ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިއަދު ބިންތައް ހަވާލު ކުރަން ފަށާނެ ކަމަށެވެ.
އެ ސަރަހައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީއާ ގުޅިގެން މިހާރު އަންނަނީ ކުރަމުން ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ ތިން ވަނަ ފިޔަވަހިން ވަނީ 698 ގޯތި ދޫކޮށްފަ އެވެ. އެއީ 3250 އަކަފޫޓުގެ 41 ގޯއްޗާއި 3650 އަކަފޫޓުގެ 16 ގޯއްޗާއި 4000 އަކަފޫޓުގެ 24 ގޯއްޗާއި 1650 އަކަފޫޓުގެ 181 ގޯއްޗާއި 2050 އަކަފޫޓުގެ 242 ގޯއްޗާއި 2450 އަކަފޫޓުގެ 132 ގޯއްޗާއި 2850 އަކަފޫޓުގެ 62 ގޯއްޗެވެ.
މީގެކުރިން ވަނީ ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތައް ވެސް އޭގެ ހައްގުވެރީންނާ ހަވާލުކޮށްފަ އެވެ.
ޓިކެޓް އަގުބޮޑު ކުރުމުން ފީފާއާއި ދެކޮޅަށް މައްސަލަ ޖައްސަނީ
ހުޅުމާލޭގެ ގޯތިތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި
އީރާނުން އެމެރިކާއާއެކު މަޝްވަރާ ނުކުރާ ކަމަށް ބުނެފި
