ޑިސެމްބަރު 2023 އާއި މާޗު 2025 އާ ދެމެދު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސަރުކާރުން 1.63 ބިލިއަން ރުފިޔާ ދަރަންޏަށް ނެގިކަން ހާމަވެއްޖެ އެވެ.
ވިސިލް ބްލޮވާ ހަސަން ކުރުސީ އެކްސްގައި ލީކްކޮށްލާފައިވާ ލޯނުތަކާއި ގުޅޭ ލިޔެކިޔުންތަކުން ފެންނަ ގޮތުން މި ފައިސާ ނަގާފައި ވަނީ ތިން ބަޔަށް ބަހާލައިގެނެވެ.
ފުރަތަމަ ބައިގެ ގޮތުގައި ޑިސެމްބަރު 2023 ގައި 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ނަގާފައިވާއިރު، އެ ފައިސާ އަނބުރާ ދައްކަން ޖެހެނީ ޑިސެމްބަރު 2028 ގަ އެވެ. ދެވަނަ ބައިގެ ގޮތުގައި ޖޫން 2024 ގައި 30 މިލިއަން ޑޮލަރު ނަގާފައިވާއިރު، އެ ފައިސާ އަނބުރާ ދައްކަން ޖެހެނީ ޖޫން 2029 ގަ އެވެ. ތިންވަނަ ބައިގެ ގޮތުގައި މާޗު 2025 ގައި 400 މިލިއަން ރުފިޔާ ނަގާފައިވާއިރު، އެ ފައިސާ އަނބުރާ ދައްކަ ންޖެހެނީ މާޗު 2030 ގަ އެވެ. މި ތިން ލޯނުގެ ވެސް އިންޓަރެސްޓް ރޭޓަކީ 8 ޕަސެންޓެވެ.
އެމްއޭސީއެލްގެ އިތުރުން އެސްޓީއޯ އާއި ބީއެމްއެލް ފަދަ ކުންފުނިތަކުން ވެސް މިފަދަ އަދަދުތަކުން ސަރުކާރުން ދަރަންޏަށް ފައިސާ ނަގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން، ސަރުކާރުގެ ބޮޑެތި ކުންފުނިތައް މެދުވެރިކޮށް މިފަދަ ބޮޑެތި ލޯނުތަކާއި ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ފައިސާ ހަރަދުކުރުމާއި، ސިޔާސީ މަގާމުތަކަށް ބޮޑެތި އަދަދުތަކުން ހޭދަކުރަން ޖެހިފައިވުމުން، އެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ. އެގޮތުން ރާއްޖޭގެ މައި ދޮރާށި ގޮތުގައި ބޭނުންކުރާ، އަދި އެންމެ ބޮޑު އާއްމުދަނީއެއް ލިބޭ އެމްއޭސީއެލް ވެސް ވަނީ އެހެން ކުންފުނިތައް ފަދައިން މާލީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ހަނގުރާމަ ނިންމަން ސުލްހައިގެ ޕްލޭނެއް އެމެރިކާއިން ހުށަހަޅައިފި
މިއީ މަނާކަމެއް. ބޭންކްތަކަށް އެކަނި ލޯނު ދޫކުރެވޭނީ.
ރިޕްލައި