އެނާޖީ ބުއިންތަކުން ލިބޭ ގެއްލުންތަކުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މި ބުއިންތަކުގައި ގިނަ އަދަދަކަށް ކެފެއިން ފަދަ ގެއްލުންހުރި މާއްދާތައް ހިމެނޭއިރު ދިވެހި ރާއްޖޭގައި މިދަނީ އާދަޔާޙިލާފަށް މި ބުއިންތައް ބޭނުންކުރަމުންނެވެ.
ރެޑް ބުލް އަދި މޮންސްޓާރ ފަދަ އެނާޖީ ޑްރިންކްތަކުގައި ހުންނަ ކެފެއިންގެ މިންވަރު ގިނަވުމުގެ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާއިން ވަނީ މިފަދަ ބުއިންތަކުގެ ސަބަބުން ހަށިގަނޑު އަދި ސިއްހަތަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް އެތައް ފަހަރެއް މަތިން ގޮވާލާފައެވެ. ހާއްސަކޮށް އަންހެނުންނަށެވެ.
އެނާޖީ ބުއިންތަކުގެ ސަބަބުން ކެފެއިން އޯވާޑޯސް ވުމަކީ ވަރަށްވެސް ގާތް ކަމެކެވެ. ކެފެއިން އޯވާޑޯސްއަކުން އަންހެނުންގެޔ ލޭގެ ޕްރެޝަރު މަތިވެ، މޭނުބައިކޮށް އަދި ހޮޑުލެވުން ފަދަ ކަންކަން ކުރިމަތި ކުރުވަ އެވެ.
ކެފެއިންގެ ސަބަބުން ހަށިގަނޑުން އިންސިއުލިން މަދުވެ ޓައިޕް 2 ޑައިބީޓީސްއަށް މަގުފަހިވުމަކީވެސް ދިރާސާކުރާ ފަރާތްތަކުގެ ހޯދުންތަކުގެ އަލީގައި ފެނިފައިވާ ކަމެކެވެ.
އޭގެ އިތުރުން އަންހެނުންނަށް ދަރިން ހޯދުމަށް ދަތިވެ ދަރިފުޅު ވިހެއުމުގެ ތެރޭގައި މަރުވުން ފަދަ ހިތާމަވެރި ކަންކަމާވެސް ކެފެއިންގެ ސަބަބުން ދިމާވާއިރު އެނާޖީ ބުއިންތަކުން ހަށިގަނޑުގައި ވަރުޖައްސައިދީ ކުޅިވަރުކުޅުމަށް ފަސޭހަކޮށްދޭކަމަށް އިޝްތިހާރުކުރި ނަމަވެސް ހަށިގަނޑުގެ ބަރުދަން އިތުރުވުމަށްވެސް މެދުވެރިކުރުވަ އެވެ.
އޭގެ އިތުރުން މީހާގެ އުޅުމަށް ދާންދެން މި ބުއިންތަކުން އަސަރުކުރާއިރު ހިތުގެ އަދި ނާރުގެ ބަލިތަކަށްވެސް މި ބުއިންތަކުން މަގުފަހިކޮށްދޭ ކަމަށް ޑޮކްޓަރުން ވަނީ އިންޒާރު ދެއްވާފަ އެވެ.
އެނާޖީ ޑްރިންކްއަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗެއްކަން އިނގޭއިރުވެސް ދުވާލެއްގެ މައްޗަށް މިފަދަ ދެ ތިން ހަތަރު ދަޅު ބޭނުންކުރާ މީހުން މަދެއް ނޫނެވެ.
އީރާނުގެ ޔޫރޭނިއަމް އެމެރިކާ ބެލުމުގެ ދަށަށް ގެންދާނަން: ޓްރަމްޕް
2 ގައުމުގެ ގުޅުމާއި ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން މަޝްވަރާކުރި
"ފްރެންޑްސް"ގެ ސެޓުން ޖެނިފާ ގެންދިޔައީ ކޮން އެއްޗެއް؟