ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެއްވެސް ގައުމަކަށް ބޭނުންކުރަން ނުދޭނެ ކަމަށާއި، މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސްކަރީ ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ، ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް އެއްވެސް ތަނެއް އެއްވެސް ގައުމަކަށް ނުދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
މިނިސްޓަރު ޣައްސާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކާ ސަރުކާރުން ދަނީ މެދުނުކެނޑި ވަޒަންކުރަމުންނެވެ. ނަމަވެސް، މިހާތަނަށް ބެލި ބެލުމުން ރާއްޖެއަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިދަނޑިވަޅަކު ނުފެނޭ," މިނިސްޓަރު ޣައްސާން ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ރާއްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމަވެރި އަމަލެއް ހިންގުމަށް ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
އެމެރިކާގެ ޖެޓްތަކަށް ތެޔޮ އަޅަން ކާޑެއްދޫއަށް ޖައްސަނީ؟