ފްލައިޓެއްގައި ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި ދިވެހި މީހާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ދޫކޮށްލައިފި އެވެ.
ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤުވާމީ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. ފުލުހުން މިއަދު ބުނީ، މި ހާދިސާ ހިނގާފައިވަނީ ރާއްޖެއަށް ދަތުރުކުރި "ބަޓިކް އެއާ" ގެ ފްލައިޓެއްގެ ތެރޭގައި ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހާގެ ސިއްހީ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހާއާއި އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އަމަލުތައް ފްލައިޓްތަކުގެ ތެރޭގައި ހިންގުމަކީ ބައެއް ހާލަތްތަކުގައި ބޮޑެތި އަދަބުތައް ލިބޭ ކަމެކެވެ.

ފޯޅަވަހި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި
އިއުތިކާފުގައި އިންނަން ވަރަށް ބޭނުންވޭ: ޝާހްރުކް ޚާން
އީދުގެ އުފަލުން އެންމެން ހިނިތުން ކުރުވައިފި