ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް މިރޭ ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ފަސް މީހުން ދަތުރުކުރަމުން ދިޔަ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 1:15 ގައި ކަމަށެވެ. މި ހާދިސާގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ރަމަޟާން މަހަކީ ތަފާތު އިހުސާސެއް ކުރެވޭ މަހެއް: ސުމްބުލް
ހޯޑެއްދޫ މީހުންނަށް ލިބުނީ މާމީރު ބުއިމެއް!
ތިނަދޫގަ ތެލުގެއަގު އިންތިހާއަށް ބޮޑުވެ އާންމުންނަށް ތަކުލީފަކަށް