މިއަހަރުގެ ޝައްވާލު މަހުގެ ހަނދު، ސައުދީ އަރަބިއްޔާއަށް މިއަދު އިރުއޮއްސުނުއިރު ނުފެންނަ ކަމަށް ދެންމެ އިއުލާންކޮށްފި އެވެ.
ސައުދީ އަރަބިއްޔާއަށް މިރޭ ހަނދު ނުފެންނާތީ މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ 30 ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
ސައުދީ އަރަބިއްޔާގައި ހަނދު ބެލުން އޮތީ ސުދައިރު އާއި ތުމައިރު އޮބްޒަވޭޓްރީގަ އެވެ. މޫސުން ގޯސްވެ، އުޑުމަތި ބަނަވުމުން މި ދެ ތަނަށް ވެސް ހަނދު މިރޭ ނުފެންނަ ކަމަށް ސައުދީގެ އޮފިޝަލުން ވިދާޅުވި އެވެ.
އެތަނުން ހަނދު ނުފެންނަ ކަމަށް އެންގުމުން މާދަމާއަކީ މިއަހަރު ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އަދި އަންނަ ހުކުރު ދުވަހަކީ ޝައްވާލް މަހުގެ އެއްވަނަ ދުވަސް ކަމަށް ސައުދީގެ ރޯޔަލް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ސައުދީ ރަސްމީ ނޫސް އެޖެންސީން ބުންޏެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ޖަލްސާ މިހާރު ކުރިޔަށް އެބަގެންދެ އެވެ.
ހަނދު ސާބިތު ކުރުމަށް ބާއްވާ ޖަލްސާ ކުރިޔަށް ގެންދަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ.
މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އެމްއޭސީއެލްގެ އުޅަނދެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެއްޖެ
ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
ގަލޮޅު ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފި