ދިރާގު "ވިން 2 ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑް ބޯޓް ހޯދުމުގެ ފުރުސަތު 31 މާޗު ގައި ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިއީ މި ޕްރޮމޯޝަނަށް އެންރޯލް ކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ.
ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަނަށް ކުރިން އެންރޯލް ކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އެބައޮތެވެ. މި ކަސްޓަމަރުންނަށް އަލުން އެންރޯލްކުރާކަށް ނުޖެހޭނެ ކަމަށް ދިރާގުން ބުނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ދެ ސްޕޯޓްސް ސްޕީޑް ބޯޓް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ވަނީ ކަނޑައަޅައިފަ އެވެ. މި ހިތްގައިމު ސްޕީޑް ބޯޓްތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ރީތި ސްޕީޑް ބޯޓެކެވެ. މި ގޮތުން، މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރި ފަރާތައް ދިރާގުން ވަނީ ސްޕީޑްބޯޓް ހަވާލުކޮށްފަ އެވެ. އަދި، ދެވަނަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ އެނގިގެންދާނީ މި އަހަރުގެ ޖޫން މަހުގަ އެވެ.
ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ "ވިން 2 ސްޕީޑް ބޯޓްސް" ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއް ނެތް ފައިބަ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރި ވެވޭނެ އެވެ. މީގެ އިތުރުން، ދިރާގު ޕޭއަށް ރަޖިސްޓަރީ ކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ގޮތުން، ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށް ވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭން އަކަށް 450 ރުފިޔާ ނުވަތަ އެއަށް ވުރެ މަތިން ބިލް ދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއް ނެތް ފައިބަ 40 އެމް ނުވަތަ އެއަށް ވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.

އަލިފާނުގެ ހާދިސާއަށް 6 ދުވަސް ފަހުން ތަހުގީގުކުރަން އަންގަވައިފި
ބައްސާމް 24 ގަޑިއިރު ނުވަނީސް އަނބުރާ ޖަލަށް ބަދަލުކޮށްފި