ޢަރަބި ގައުމުތަކާއި އީރާނާ ދެމެދު އޮންނަ ގުޅުން ހީނަރުކުރުމުގެ މަގްސަދުގައި، އެ ގައުމުތަކުގެ މަދަނީ އަމާޒުތަކަށް (ސިވިލިއަންސް ޓާގެޓް) ތަކަށް ދެމުންދާ ހަމަލާތަކުގެ ފަހަތުގައި ވަނީ އިޒްރޭލް ކަމަށް ބެލެވޭ ކަމަށް އީރާނުން ހާމަކޮށްފި އެވެ. މިކަމަކީ ސަރަޙައްދީ ހަމަޖެހުން ނަގާލުމަށް ރޭވިގެން ހިންގާ އަމަލެއްގެ ގޮތުގައި އީރާނުން ވަނީ ސިފަކޮށްފަ އެވެ.
އީރާނުން ބުނެފައިވާ ގޮތުގައި، އެ ގައުމުން މިހާތަނަށް ސަރަޙައްދުގެ އެއްވެސް ގައުމެއްގެ މަދަނީ ނުވަތަ މީހުން ދިރިއުޅޭ ސަރަޙައްދަކަށް އަމާޒުކޮށް ހަމަލާއެއް ދީފައެއް ނުވާނެ އެވެ. އަދި އީރާނުގެ އަސްކަރީ ޙަރަކާތްތަކަކީ ވަކި އުސޫލުތަކެއްގެ މަތިން ކުރިއަށްދާ ކަންކަން ކަމަށްވެސް އެ ގައުމުން ފާހަގަކުރެ އެވެ.
މީގެ އިތުރުން، އީރާނުގެ ހަކަތައާ ބެހޭ ވަސީލަތްތަކަށް ނުވަތަ ފެސިލިޓީތަކަށް އެއްވެސް ފަރާތަކުން ހަމަލާދީފިނަމަ، އޭގެ ރައްދުގައި ސަރަޙައްދުގައި ހުރި އެމެރިކާގެ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފަ އެވެ.
"އަޅުގަނޑުމެންގެ ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާއެއް ދީފި ނަމަ، މި ސަރަޙައްދުގައި ހުރި އެމެރިކާ އަދި އިޒްރޭލުގެ ކުންފުނިތަކުގެ ފެސިލިޓީތަކަށް ވެސް އަޅުގަނޑުމެން ހަމަލާދޭނަން" އީރާނުން ބުނެފައިވެއެވެ.
މިއީ ސަރަޙައްދީ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އިޒްރޭލުން ހިންގާ ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން އީރާނުން ދީފައިވާ ވަރުގަދަ އިންޒާރެކެވެ. މިކަމުގެ ސަބަބުން ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

ހާރުދަމުގެ ކެއުމުގައި މި ބާވަތްތައް ހިމަނަންތަ؟
ސުވާލާއި ޖަވާބު: ލައިލަތުލް ގަދުރިއަކީ އޮނަހިރި ރެއެއްތަ؟
ރޯދަ މަހުގެ ސަގާފަތްތަކުގެ ތެރެއިން ތުރުކީގެ ހާރު ދަންބެރު!