އީރާނާއެކު ހިނގަމުންދާ ކުރިމަތިލުންތައް މިހާރު ވަނީ އެންމެ ނިންމުންތެރި އަދި މުހިންމު މަރުހަލާއަށް ވަދެވިފައި ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު އިސްރޭލް ކަޓްޒް ބުނެފި އެވެ. މި މަރުހަލާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އައި މަރުހަލާއެއްކަން އޭނާ ފާހަގަކުރި އެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުޝީރުން ދަނީ މި ހަނގުރާމައިން ބޭރުވާނެ މަގެއް ހޯދުމަށް އޭނާއަށް ބާރުއަޅަމުންނެވެ. ނަމަވެސް، މިހާތަނަށް މި ހަނގުރާމަ ނިންމާލުމަށް ޓްރަމްޕްގެ އެއްވެސް ސާފު ޕްލޭނެއް ނެތް ކަމަށް އެ ނޫހުން ބުނެއެވެ.
މި މައްސަލައިގައި މިހާރު މަޝްވަރާ ކުރެވެމުންދާ އަނެއް ގޮތަކީ، ހަނގުރާމައިގައި ކާމިޔާބީ ލިބިއްޖެ ކަމަށް އިއުލާނު ކުރުމަށްފަހު ސިފައިން ބޭލު މެވެ. "ކާމިޔާބީ އިއުލާނުކޮށް ވަކިވުން" މި ސިނާރިއޯއަކީ މިހާރު މޭޒުމަތީގައި އޮތް އެއް ހުށަހެޅުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރުގެ މި ވާހަކަތަކުން ދޭހަވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އީރާނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅިދާނެ ކަމެވެ. ހަމައެއާއެކު، އެމެރިކާގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއެކު މި ހަނގުރާމައިގެ ކުރިމަގު ބައްޓަންވެގެންދާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ޗައިނާއިން އީރާނުގެ އާއިލާތަކަށް 200،000 ޑޮލަރުގެ އެހީއެއް ދެނީ