އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ގާތްގަނޑަކަށް 140 އެމެރިކާ ސިފައިން ޒަހަމްވެފައިވާ ކަމަށް ޕެންޓަގަން އިން ބުނެފި އެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ބުނީ މީގެ ތެރެއިން ގިނަ ޒަހަމްތަކަކީ ކުދި ޒަހަމްތައް ކަމަށާއި، 108 ސިފައިން މިހާރު ވަނީ އަލުން ޑިއުޓީއަށް ނުކުމެފައި ކަމަށެވެ. އަށް ސިފައިންގެ ހާލު ސީރިއަސް ކަމަށް ވެސް ޕާނެލް ބުންޏެވެ. މި އަދަދުތަކަކީ އީރާނުން ކުވެއިތާއި ސައޫދީ އަރަބިއާގައި ދިން ރޮކެޓާއި ޑްރޯން ހަމަލާތަކުގައި އެމެރިކާ ސިފައިންނަށް ލިބުނު ޒަހަމްތަކާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ހާމަކުރި ތަފްސީލެވެ. އެ ހަމަލާތަކުގައި ހަތް ސިފައިން ވަނީ މަރުވެފަ އެވެ.
ހަނގުރާމައިގެ ފުރަތަމަ ދެ ދުވަހު ހަމައެކަނި ހަތިޔާރަށް 5 ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށް ޕެންޓަގަން އިން ކޮންގްރެސްއަށް ފޮނުވި އަންދާޒާއެއްގައި ބުނެފައިވެ އެވެ. ހަނގުރާމައަށް މިހާރު 11 ދުވަސް ވެފައިވާއިރު، ޓްރަމްޕް ސަރުކާރުން ބުނެފައި ވަނީ ހަނގުރާމައިގެ އިތުރު ހަރަދަށް ކޮންގްރެސް އިން ފައިސާ ހޯދުމަށް އެދިދާނެ ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުން ވަނީ ޕެންޓަގަންއަށް އިތުރު ފައިސާ ދިނުމަށް ދެކޮޅު ހަދާނެ ކަމަށް ބުނެފަ އެވެ.
ސެނެޓް އާމްޑް ސާވިސަސް ކޮމިޓީގެ ސިއްރު ބައްދަލުވުމަށް ފަހު ސެނެޓަރު ރިޗާޑް ބްލޫމެންތާލް ނޫސްވެރިންނަށް ވިދާޅުވީ ޖަވާބުތަކަށް ވުރެ ގިނައީ ސުވާލުތައް ކަމަށާއި، ހާއްސަކޮށް ހަނގުރާމައިގެ ހަރަދާ މެދު ކަމަށެވެ. އެމެރިކާގެ އެއްގަމު ސިފައިން ފޮނުވުމާއި ރަޝިޔާ އަދި ޗައިނާ އިން އީރާނަށް އެހީވުމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ބްލޫމެންތާލް ވިދާޅުވި އެވެ.
ހަނގުރާމައިގެ ހަރަދާއި، ޔުނީފޯމުގައި ތިބި ސިފައިންނަށް އޮތް ނުރައްކަލާއި، އިތުރަށް ހާލަތު ގޯސްވެދާނެ މިންވަރާ ބެހޭ ގޮތުން މި ސަރުކާރުން ބުނެދީފައިވާ ވަރަށް ވުރެ މާ ގިނަ މައުލޫމާތު އެމެރިކާ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޯދަ ވީއްލުމަށް ފިނިބުއިމެއް ރަނގަޅެއް ނޫން!
މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ
ރޯދަ ކުރު ކުރުން: އެހާރާއި މިހާރަށް ނަޒަރެއް!