ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާ ސަރުކާރު ކުންފުނި ވެމްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ގަވާއިދުން މުސާރަ ނުލިބޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދީ ލަސްކުރާ މައްސަލައިގައި ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެގޮތުން މީހަކު ބުނެފައިވަނީ މާޗް މަހުގެ ދިހަ ވަނަ ދުވަހާ ހަމައަށް އައި އިރު ވެސް ވެމްކޯގެ ގިނަ މުވައްޒަފުންނަށް ފެބްރުއަރީ މަހުގެ މުސާރަ ޖަމާނުވާ ކަމަށެވެ. އެހެން މުވައްޒަފަކު ބުނެފައިވަނީ ފާއިތުވި ތިން މަހުވެސް އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ދެމުން އަންނަނީ ލަހުން ކަމަށެވެ.
ޖަނަވަރީ މަހު ޕެންޝަން އޮފީހުން ވަނީ ވެމްކޯ ހިމެނޭހެން ސަރުކާރުގެ ތިން ކުންފުންޏަކުން މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާކަމަށް ބުނެފަ އެވެ. ވެމްކޯއިން އެންމެ ފަހުން ޕެންޝަން ފަންޑަށް ފައިސާ ދެއްކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. ޕެންޝަނަށްވާ ފައިސާ މުވައްޒަފުންގެ މުސާރައިން ކެނޑި ނަމަވެސް ފަންޑަށް ޖަމާ ނުކުރެވެނީ، ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިކަމާ ހެދި ކަމަށް އެ ކުންފުނިން ވަނީ ކުރިން ބުނެފަ އެވެ.

އިޒްރޭލުގެ އިންޓެލިޖެންސް ވެރިޔާ އިސްތިއުދާ ދީފި
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާ ފަސް ލައްކަ ގެއްލުނު!