މާލެއަށް ދިމާވެފައި އޮތީ ވަރަށް ބޮޑެތި މައްސަލަތަކެއް ކަމަށާއި އެ ކަންކަމަށް ހައްލު ހޯދަން، ސިޓީ ކައުންސިލްގެ އިތުރުން ވެރިކަން ވެސް ބޭނުންވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ވަނީ އާޓިފިޝަލް ބީޗުގައި، އެ ޕާޓީގެ މާލެ މެނިފެސްޓޯ އިފުތިތާހުކުރަން ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާގައި ވަނީ އެ ޕާޓީގެ މެނިފެސްޓޯ "އަމާނާތްތެރި ޚިދުމަތް، މާލެ ސިޓީގެ ވިންދު" ލޯންޗުކޮށްފަ އެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ސާލިހު ވިދާޅުވީ، މާލެއަށް ދިމާވެފައި ހުރީ ހައްލުކުރަން އުނދަގޫ މައްސަލަތަކެއް ކަމަށާއި އެއީ އެއް ދުވަހަކުން ދެ ދުވަހަކުން ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އެއީ، 1980ގެ މެދުތެރެއިން ފެށިގެން ދިމާވާން ފަށާފައިވާ ދަތިތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަގީގަތުގައި މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މާލެއަށް މީހުން ގިނަވުން،" މާލޭގައި ދިރިއުޅޭތާ 50 އަހަރުވެއްޖެކަން ފާހަގަކުރައްވަމުން ސާލިހު ވިދާޅުވި އެވެ.
"މާލެއަށް އެންމެން އަންނަން މަޖުބޫރުވަމުންދިޔައީ. އިގުތިސާދު އޮތީ މާލެ ވަށައިގެން. ތައުލީމު ހާސިލުކުރަންވިއްޔާ މާލެއަށް. ސިއްހީ ހިދުމަތެއް ހޯދަން ވެސް މާލެއަށް، ދާއިމީ ހައްލަކީ، އަޅުގަނޑުމެން އެމްޑީޕީން މި ގެންގުޅޭ ލާމަރުކަޒީ ނިޒާމު،" ސާލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މާލޭގެ ތޮއްޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ސަރަހައްދުތައް ތަރައްގީކުރުން ކަމަށެވެ. ރަށްރަށުން ޚިދުމަތްތައް ލިބޭނެ މަގުތައް ފަހިކުރުން ކަމަށެވެ. އެކަމަކު، އެއީ ހަމައެކަނި މާލޭ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ސާލިހު ވިދާޅުވި އެވެ. އަދި މި ކަމަށް ހައްލު ހޯދައިދޭނެ ވެރިކަމެއް ވެސް ބޭނުންވާ ކަމަށާއި އެ ނޫން ގޮަތަކަށް މި މާލެއަކަށް ހައްލެއް ނުހޯދޭނެ ކަމަށް ސާލިހު ވިދާޅުވި އެވެ.
މީގެ އިތުރުން، އެ މަނިކުފާނު ވަނީ މި ވަގުތު މާލެއަށް ބޭނުންވާ ހައްލުތައް ގެނެވެން އޮތީ މިހާރު ވެސް މޭޔަރުކަމުގައި ހުންނެވި އެމްޑީޕީގެ އާދަމް އާޒިމް ހޮވައިގެން ކަމަށް ވިދާޅުވެފަ އެވެ. އާޒިމަކީ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތް ބޭފުޅެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް މޮޖްތަބާ ޚާމަނާއީ
އެމްޑީޕީން ގެންނާނީ ފަހި ދިރުއުޅުމަކަށް ފަހި މާލެ ސިޓީއެއް