އެކި ސަބަބުތައް ދިމާވެގެން އުމްރާއަށް ނުފުރުނު 164 އުމްރާވެރިން މިރޭ ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްފައިވާ ކަމަށާއި، މައްކާގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު ވަނީ ހައްޖު ކޯޕަރޭޝަނަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް މީހުން ގެންދިއުމަށް އަލްއަބްރާރު ހައްޖު އެންޑް އުމްރާއިން ހަމަޖެއްސި ދަތުރުތައް އެންމެ ފަހު ވަގުތު ކެންސަލްކުރުމާ ގުޅިގެން 100 އަށް ވުރެ ގިނަ ފަރާތްތަކަށް އުމުރާއަށް ވަނީ ނުފުރިފަ އެވެ. އެ ގްރޫޕާ މެދު ފިޔަވަޅު އަޅައި، އުމްރާއަށް ނުދެވުނު ފަރާތްތައް ހައްޖު ކޯޕަރޭޝަންގެ އެހީގައި ފުރުވާލުމަށް ވަނީ ނިންމާފަ އެވެ.
އުމުރަށް ޖަލަށް ލިޔަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒު
މިހާރު ހިންގާ މީޑިއާތައް 6 މަސްތެރޭ ރަޖިސްޓްރީކުރުން ލާޒިމްކޮށްފި
ރަޝިޔާ އާއި ޗައިނާގެ ފްލައިޓްތައް އީރާނަށް ދަތުރުކުރަން ފަށައިފި