ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޖައިނަބު ވާޖިދު އަލީ، 25، އާއި ހަމަ އެގައުމަށް ނިސްބަތްވާ މުހައްމަދު ނަވާޒް ދަޔަތަރު، 21، އެވެ.
އިންޑިއާއިން ރާއްޖެއައި މި ދެ މީހުންނަކީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ނަފްސާނީ އެހީއަށް އޭއައި: ފުރާވަރު ކުދިންނަށް ބޮޑު ނުރައްކަލެއް!
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި
އެމެރިކާއަށް ރަނގަޅު ފެށުމެއް، ކެނެޑާ އަށް ތާރީހީ ޕޮއިންޓެއް
