މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެއްސަަކު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މަރުވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އިބްރާހިމް ނަބީހު ނަސީމް، 22، ކަމަށެވެ.
އޭނާ މަރުވީ ތައިލެންޑުގެ ޖަލެއްގައި ހުއްޓާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަބީހު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ތައިލެންޑުގެ ޑޯން މުއަންގް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
މުއިއްޒުގެ މޭޔަރު ކަމުގެ މައްސަލައެއް ބަލަން ފާސްކޮށްފި
ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ
