ސްރީލަންކާ އެކްސްޕޯގައި ދިވެހި ވިޔަފާރިތަކުން ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ ޖޫން މަހު 18އިން 21އަށް ބާއްވާ ސްރީލަންކާ އެކްސްޕޯގައި ބައިވެރިވާން ދިވެހި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލެވިފައިވާކަން ލަންކާ ސަރުކާރުން އަންގާފައިވާ ކަމަށެވެ.
އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލުގަ އެވެ.
ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ކާބޯތަކެއްޗާ ގުޅުން ހުރި ދާއިރާތައް މި އެކްސްޕޯގައި ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެކްސްޕޯގައި ރަޖިސްޓްރީކުރާ މީހުންނަށް ހާއްސަ ޕެކޭޖުތަކެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
މޮޑެލް ހެދުމަކީ ޝާފިއުގެ ކާމިޔާބު ހޮބީ!
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
ތުރުކީއާއެކު ހެދި އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި