އައްޑޫ ފޭދޫގައި މަސައްކަތްކުރަމުން އައި ސްރީ ލަންކާގެ މީހަކު މިއަދު އިސްލާމްވެއްޖެ އެވެ.
ފޭދޫގެ ނަޔާ ސެލޫނުގައި މަސައްކަތް ކުރަމުން އަންނަ ޖަޔަސިންހާ އަރަޗިގެ ވަރުނާ ޕްރަބާތު ސަދަރުވާން ކިޔާ އެ މީހާ، އިސްލާމްވީ މިއަދުގެ އަސުރު ނަމާދަށް ފަހު ފޭދޫގެ ބޮޑު މިސްކިތުގަ އެވެ.
އޭނާ އިސްލާމްދީނަށް ވަންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަގޮތުގައި އޭނާއަށް ޝަހާދަތުގެ ކަލިމަތައް ލައިދީފައި ވަނީ އެ މިސްކިތުގެ އިމާމެވެ. މިޝްކަތު ފައުންޑޭޝަނުން ބުނީ އޭނާގެ ނަން އަބްދުﷲ އާދަމްއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މި މަހުގެ ތެރޭގައި ވަނީ ކ. ދިއްފުށީގައި ޗުއްޓީ ހޭދަކުރަން ދިޔަ ބޭރުގެ އަންހެން ޓޫރިސްޓަކު ވެސް އިސްލާމްވެފަ އެވެ.

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
އާތިފް އަސްލަމްގެ ބަންގީގެ އަޑަށް ތައުރީފް އޮހެނީ!
ދަރިއަކު ލިބުމުން ހޮލީވުޑް ދޫކޮށްލާނަން: ޓޮމް
