އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި ދަތުރުކުރަމުންދިޔަ ރޭލެއްގެ ތެރޭގައި އިންޑިއާގެ މުސްލިމަކު ކީރިތި ގުރުއާން ކިޔެވުމުން ބަޔަކު އެ މުސްލި މީހާގެ ގައިގައި ތަޅާ އަނިޔާކޮށްފި އެވެ. އެމީހުން އެ މުސްލިން މީހާއަށް ހަމަލާދީ މާރާމާރީ ހިންގާފައި ވަނީ އޭނާ ރޭލުިގެ ތެރޭގައި ގުރުއާން ކިޔަވަމުން ދަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ މީހާއަށް ހަމަލާދީފައިވަނީ އޭނާގެ ދީނީ ވާޖިބު އަދާކުރަމުން ދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއީ އިންސާނީ ކަރާމާތާއި ދީނީ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ދީނީ އަގީދާގެ މަތީގައި ދެމިހުރުމާއި، ދީނީ ފޮތްތައް ކިޔެވުމުގެ ހައްގު އޮންނަންވާނެ އެވެ. މިފަދަ ނަފުރަތާއި އަނިޔާވެރި އަމަލުތަކަކީ އެއްވެސް މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ދީނީ އަގީދާއަށް އަމާޒުކޮށް ހިންގާ މިފަދަ ހަމަލާތަކުގެ ސަބަބުން މުޖުތަމައުގެ ސުލްހަ މަސަލަސް ކަމަށް ބުރޫއަރަ އެވެ.
މި ހާދިސާއާ ގުޅިގެން އިންސާނިއްޔަތާއި، ކަރާމާތާއި އަދި ސުލްހައަށް ލޯބިކުރާ ފަރާތްތަކުން ދަނީ މިފަދަ ނަފުރަތުގެ އަމަލުތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެއްވެސް މީހަކީ އެމީހެއްގެ ދީނީ ފޮތް ކިޔެވުމުގެ ސަބަބުން ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހޭނެ މީހެއް ނޫންކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.
ރައްކާތެރިކަމުގެ އަމުރާ ހިލާފުވި މިންވަރު އަންނަނީ އިތުރުވަމުން
ރޯދަ މަލާފަތް: އެންމެންގެ މަގުބޫލު ކަށިކެޔޮ ކޭކު!
ސަލީމްގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ދެނީ!