ސީރިއާގައި މިހާރު ތިބި އެމެރިކާގެ ގާތްގަނޑަކަށް 1،000 ސިފައިން އެ ގައުމުން ބޭލުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން ކުރަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުދަ ދުވަހު ރިޕޯޓްކޮށްފި އެވެ. އެ ނޫހުން މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ތިން އޮފިޝަލަކާ ހަވާލާދީ އެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ މި ރިޕޯޓާ ގުޅޭގޮތުން ރޮއިޓާސް އިން ބުނެފައިވަނީ މިކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް، ސީރިއާގައި ތިބި އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ.
މިދިޔަ ހަފްތާގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ސީރިއާގެ މުހިންމު އަސްކަރީ ބޭހަކުން ސިފައިން ބާލައި، އެ ތަން ސީރިއާގެ ސަރުކާރު ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް ބުނެފަ އެވެ. މިއީ އެމެރިކާ އާއި ސީރިއާގެ ގުޅުން ރަނގަޅުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
ސީރިއާގައި ބާކީ ތިބި އެމެރިކާގެ ހުރިހާ ސިފައިން ބޭލުމަށް ނިންމާފައިވާ މި ނިންމުމަކީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ދައުރު ކުޑަކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެމެރިކާގެ ހުރިހާ މަރުކަޒުތަކަކުން ސިފައިން ބާލައި ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޕޮލިސް ކޮމިޝަނަރު ކަމުން ނަވީން ރިޓަޔާ ކުރައްވައިފި
ރޯދައަށް 15 މިސްކިތެއް ހުޅުވައިފި، އިތުރު 19 މިސްކިތް ހުޅުވަނީ