ބޮލީވުޑްގެ ވެޓެރަން ލިޔުންތެރިޔާ އަދި މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ސިއްހީ ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުަގައި މީގެ ދެ ދުވަހެއް ވަރު ކުރިން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި ސަލީމްއަށް ފަރުވާ ދޭން ފަށާފައިވަނީ ބޯ އެނބުރުމުގެ އުނދަގޫތަކެއް ވާތީ އެވެ.
ހޮސްޕިޓަލަށް ގެންދެވުމާއެކު ވެންޓިލޭޓަރުގައި އޭނާއަށް ފަރުވާ ދޭން ފެށިއިރު އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ސާޖަރީއެއް ވެސް ވަނީ ކުރެވިފަ އެވެ.
އެގޮތުން ސާޖަރީއަށް ފަހު ސަލީމްގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ވެންޓިލޭޓަރުން ނަގާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
މިކަމާ ގުޅިގެން ލީލާވަތީ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަލީމް ޚާން އެ ހޮސްޕިޓަލަށް ގެނެވުމުން ކެސުއަލްޓީއިން ބެލުމަށްފަހު އައިސީޔޫގެ ފަރުވާ ބޭނުންވާ ކަމަށް ފެންނާތީ އެނދުމަތި ކުރެވުނީ ކަމަށެވެ.
1970 އާއި 80ގެ އަހަރުތަކުގައި ނުކުތް ގިނަ ފިލްމުތަކެއްގެ ވާހަކަ ލިޔެފައިވާ ސަލީމްއަކީ އެ ދުވަސްވަރު އެންމެ ފާހަގަ ކުރެވޭ އެއް ލިޔުންތެރިޔާ އެވެ. މަޝްހޫރު ފިލްމު "ޝޯލޭ"އަކީ އޭނާގެ މަސައްކަތެވެ.
ސީރިއާގައި ތިބި އެމެރިކާ ސިފައިން ބާލަން ނިންމައިފި
ޓްރަމްޕްގެ ވީޑިއޯ ހުރިކަމަށް ބުނެ އިރާންގެ ހެކަރުންގެ އިންޒާރެއް