އައްޑޫ ހިތަދޫގައި "ސްކޫޕު" ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ އަންނަ އާދީއްތަ ދުވަހު ހައި ކޯޓުގައި ފަށާ ގޮތަށް ހަމަޖައްސައިިފި އެވެ.
އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:50 އަށް ހައިކޯޓުން ވަނީ ތާވަލްކޮށްފަ އެވެ.
ޕީޖީ އޮފީހުން ހައި ކޯޓުގައި އެދިފައިވަނީ ސްކޫޕު ގްރޫޕަކީ ގޭންގެެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕަށް ނިސްބަތްވާ މީހުންކަމަށް ފާހަގަވެފައިވާ ނުވަ މީހަކު އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.
"ސްކޫޕު" އަދި "ސްކޫޕު ކަންމަތި"ގެ އިތުރުން "އެސްކީޕީ" ލިޔެފައިވާ ފާރުތަކާއި އެންމެހާ ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ގައުމަށް ހެޔޮބަދަލު ގެނެވޭނީ އަމަލުން ނަމޫނާ ދައްކައިގެން: ރައީސް
ރޯދަ މަލާފަތް: ކަށިކެޔޮ ބަތްޕެނުން ކުޅު ދިޔާ ކޮށްލާނެ!
