ސްކޫލް ކުދިންނަށް އޮންލައިންކޮށް ޓިއުޝަންގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް"ގެ ވެރިޔާ އަލީ އަފްލަހު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ ތަހުގީގުކުރަމުން ގެންދާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 27 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
"ހުރިހާ"އަށް ކަށަވަރުވެފައިވާގޮތުގައި އެ 27 އަހަރުގެ މީހާ އަކީ އަފްލާހު އެވެ.
އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
އަފްލަހު ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އިންޑިއާގެ މުމްބާއީގެ ފްލައިޓަކުން އޭނާ އެނބުރި ރާއްޖެ އައުމާ އެކުގަ އެވެ. އޭނާ އަށް ތުހުމަތު ކުރަނީ ދަރިވަރަކަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާކޮށް، ގްރޫމްކުރުމެވެ.
2،600 ޓޫރިއްޓުންނާ އެކު ކްރޫޒްލައިނާއެއް ރާއްޖޭގައި
ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިފި
ތިންވަނަ ދަރިފުޅަށް ކަރީނާ ބަނޑު ބޮޑު؟
