އެންމެ ފުރަތަމަ ރާއްޖެއަށް ކްރޫޒްލައިނާ ގެނައި އޮޕަރޭޓަރުގެ އިތުރު ބޯޓެއް، 2,600 އަށްވުރެ ގިނަ ފަތުރުވެރިންނާ އެކު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
މިއީ ބާމިއުޑާގެ މި ކްރޫސްލައިނާ އެކެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ ސީޝެލްސްގެ ޕޯޓް ވިކްޓޯރިއާއިން ފުރައިގެންނެވެ.
'ކުއީން އޭން' ނަމަކަށް ކިޔާ މި ބޯޓަކީ 323 މީޓަރުގެ ދިގު އަދި 36 މީޓަރުގެ ފުޅާ ބޯޓެކެވެ. މި ބޯޓުގައި ޖުމުލަ 2,669 ފަތުރުވެރިންނާއި 1,235 ކްރޫއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 18:00 ގައެވެ. ރާއްޖެއަށްފަހު މި ބޯޓު ދެން ދަތުރުކުރާނީ ސްރީލަންކާގެ ކޮލަންބޯއަށެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއީ ރާއްޖެއަށް އެންމެ ފުރަތަމަ ކްރޫސްލައިނާ ގެނައި އޮޕަރޭޓަރުގެ ބޯޓެއް ކަމަށެވެ. ރާއްޖެއަކީ ކޮންމެ އަހަރަކުވެސް ކްރޫސްލައިނާތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލެކެވެ.
މި ދަތުރުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވަނީ މީގެ ކުރިން ބައެއް ކަންބޮޑުވުންތައްވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން، މިދިޔަ އޮކްޓޫބަރު މަހު އޭނާ ފާހަގަކުރެއްވި ގޮތުގައި، ކްރޫސްލައިނާތަކުން އަންނަ ފަތުރުވެރިން މާލެއަށް ބާލާނެ އެކަށީގެންވާ ތަނެއް ނެތުމަކީ ބޮޑު ގޮންޖެހުމެކެވެ.
ފަތުރުވެރިން ބޭލުމަށް ހުއްދަ ދީފައިވާ އެއް ނަންބަރު ޖެޓީއާއި މަސްވެރިންގެ ޕާކު ސަރަހައްދުގައި މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ، ގިނަ އަދަދެއްގެ ފަތުރުވެރިން އެއްފަހަރާ އަންނަ ވަގުތުތަކުގައި ދަތިތަކާ ކުރިމަތިވާކަން ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ.
ވީއޭއާރުގެ 'މައިކްރޮސްކޯޕިކް' ބޭނުން ކުރުން ހުއްޓާލަން ޖެހޭ
ހެދުން އަލަމާރި ފަޅު ފިލުވާލަން "ކެޕްސޫލް ވޯޑްރޯބް"!